|
Wednesday, 28 July 2010 23:00 |
|
|
|
|
Wednesday, 28 July 2010 22:55 |
|
|
|
Wednesday, 28 July 2010 12:38 |
|
|
|
Tuesday, 27 July 2010 23:47 |
|
ފޭދޫ ސްކޫލާ މުޙިއްބުއްދީނުގެ ދަރިވަރުން މަރަދޫއާއި ފޭދޫ ގައި ޕެރޭޑެއް ބާއްވައިފި  މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފޭދޫ ސްކޫލާ މުޙިއްބުއްދީން ސްކޫލުގެ ދަރިވަރުން މަރަދޫ އާއި ފޭދޫ ގައި ޕެރޭޑެއް ބާއްވައިފި އެވެ. މިއަދު ހަވީރު ބޭއްވި މިޕެރޭޑް ފެށުނީ މަރަދޫގެ ހުޅަނގު ކޮޅުން ލިންކް ރޯޑުންނެވެ. އަދި މިޕެރޭޑް ނިމުނީ ލިންކް ރޯޑުން ގޮސް ފޭދޫގެ އިރުމަތީ ކޮޅަށެވެ. ދެސްކޫލް ވަކިން މިބޭއްވި ޕެރޭޑް ބެލުމަށްޓަކައި މިދެރަށުގެ ވަރަށް ގިނަ މީހުންނާއި ކުޑަކުދިން ލިންކްރޯޑްގެ ދެފަރާތަށް އެއްވެފައި ތިއްބެވެ. |
|
Tuesday, 08 June 2010 15:29 |
ކުރީގެ ގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ކަލޯ ނިޔާ ވެއްޖެ  ހަތްދިހައިގެ އަހަރު ތަކުގެ ތެރޭގައި ސ. ފޭދޫގެ ޑީ އެން ސީ އާއި ސީ އެމް ސީ ގެ ފުޓްބޯޅަ ޓީމުގައި ކުޅެ މަޝްހޫރުކަން ހޯދާފައިވާ ސ. ފޭދޫ ނިވައިދޮށުގޭ އިބްރާހިމް ކަލޯ (ބާޒާ އިބްރާހިމް ކަލޯ) އައި ޖީ އެމް އެޗް ގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. އިބްރާހިމް ކަލޯ ނިޔާވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހުގައި ކަމަށް ޚަބަރު ލިބިފައިވެއެވެ. މިއަދުގެ މެންދުރު ނަމާދަށްފަހު އިބްރާހިމް ކަލޯ ގެ ޖަނާޒާ ވަނީ ބާއްވާފައެވެ. ބަންޑާރަ މިސްކިތުގައި ކަށު ނަމާދު ކުރުމަށްފަހު ވަޅުލީ އާ ސަހަރާގައެވެ. އިބްރާހިމް ކަލޯގެ ޖަނާޒާގައި، ކުޅިވަރަށް ތަރްޙީބް ދޭ މީހުންނާއި، ޢާއިލާގެ މީހުންނާއި އަދި ވަރަށް ގިނަ ޢާއްމުން ބައިވެރިވި ކަމަށް ޚަބަރު ލިބިފައި ވެއެވެ. އިބްރާހިމް ކަލޯ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެދުވަސްވަރު ވަރަށް ފާހަގަ ކުރެވުނު ކުޅުންތެރިއެކެވެ. ހަތްދިހައިގެ އަހަރު ތަކުގައި އޭނާ ވަނީ، ފޭދޫގެ ދެ ކްލަބް ކަމުގައިވާ ޑީ އެން ސީ އަށާއި ސީ އެމް ސީ އަށް ވެސް ކުޅެފައެވެ. މިގޮތުން 1970 ވަނަ އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ޑީ އެން ސީ ޓީމު ގައި އޭނާ ކުޅުނެވެ. އަދި މިމުބާރާތުގައި ކުޅުނު ފޯރި ގަދަ މެޗެއް ކަމުގައިވާ މިއުޒިކީ ގުލްޝަންގެ ރާނީ ބަޔާ އެކު ކުޅުނު މެޗްގައި ހަތަރެއް ހަތަރަކުން އެއްވަރު ވެފައި ވަނިކޮށް، ޑީ އެން ސީ މޮޅުވީ އިބްރާހިމް ކަލޯ ޖެހި ލަނޑަކުންނެވެ. އަދި 1971 ގެ މުބާރާތުގައި ވިކްޓަރީ އަތުން ޑީ އެން ސީ ހަތަރެއް ސުމަކުން މޮޅުވި މެޗްގައި، ވިކްޓަރީގެ ކެޕްޓަން ރިނބިދޫ ނާސިރު ދިން ހަމަލާ އަކުން ވަރަށް ބޮޑަށް އަނިޔާވެ ދަނޑުން ބާލަން ޖެހުނެވެ. މިމެޗް އިބްރާހިމް ކަލޯ އެއް ލަނޑު ޖެހި އެވެ. މީގެ އިތުރުން އިބްރހިމް ކަލޯ އަކީ މަޝްހޫރު ދުވުންތެރިއެއްވެސް މެއެވެ. އިބްރާހިމް ކަލޯ ނިޔާވުމަކީ ކުޅިވަރަށް ލޯބި ކުރާ މީހުންނަށާއި އެނާ ދަންނަ އެކުވެރިންނަށާއި ޢާއިލާ އަން ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މާތް ﷲ އެ މަރްޙޫމް ފުރާނަ އަށް ސުވަރުގޭގެ ނިޢްމަތް ދެއްވާށިއެވެ. އާމީން |
|
Wednesday, 02 June 2010 14:07 |
|
|
|
Friday, 21 May 2010 12:19 |
އަންނަ އަހަރު ސާރކް ސަމިޓް ބާއްވާނީ ދެކުނު ޕްރޮވިންސްގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅު ވެއްޖެ އަންނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ސާރކް ސަމިޓް ބާއްވަން ގަސްތު ކުރަނީ ދެކުނު ޕްރޮވިންސްގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ދެއްވި ހަފްތާގެ ރޭޑީއޯ ޚިތާބުގައި ވިދާޅު ވެއްޖެއެވެ. ރައީސް ވިދާޅުވީ މިސަމިޓްގެ އެއްބައި އައްޑު އަތޮޅުގައި އަދި އަނެއްބައި ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. މިސަމިޓް ވެގެންދާނީ ސާރކް ސަމިޓެއް ދެކުނު ހެމިސްފެއަރ ގައި (އިކްއޭޓަރުން ދެކުނު ގައި) ބާއްވާ ފުރަތަމަ ފަހަރަށެވެ. މުޅި ސާރކް ސަރަޙައްދުގައިވެސް ސަދަން ހެމިސްފެއަރގައި އޮތް ހަމައެކަނި ސަރަޙައްދަކީ ދެކުނު ޕްރޮވިންސް ކަމުގައި ރައީސް ވިދާޅު ވިއެވެ. މިކަމަށް ވަރަށް ބޮޑަށް ތައްޔާރު ވާންޖެހޭ ކަމަށާއި، މިކަމަށްޓަކައި ޓީމެއް އެކުލަވާލެވިފައިވާ ކަމަށާއި އަދި ދެކުނު ޕްރޮވިންސް ފިޔަވާ އެހެން ސަރަޙައްދުތަކުގެ މީހުންވެސް މިކަމަށް އެއްބާރުލުންދީ ބައިވެރިވެދިނުމަށް ރައީސްގެ ޚިތާބުގައި އެދި ވަޑައިގެންނެވި އެވެ. |
|
Sunday, 16 May 2010 10:52 |
|
|
|
Wednesday, 05 May 2010 11:15 |
|
|
|
Tuesday, 04 May 2010 00:35 |
މިދިޔަ ބުދަ ދުވަހު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގެ ތެރެއިން
 ކާރުގައި ތިބި 4 މީހުންގެ ތެރެއިން އެކަކު ކަމުގައިވާ ސ. ހިތަދޫ ބުރުތަގާލްގޭ ޢަލީ ނަޝާތު ވަނީ މިއެކްސިޑެންޓްގައި ލިބުނު އަނިޔާގެ ސަބަބުން މަރުވެފައެވެ. |
|
Friday, 30 April 2010 23:40 |
ވަތަނިއްޔާގެ ތްރީޖީ ޕްލަސްގެ ޚިދްމަތް އައްޑު އަތޮޅުގައި ލޯންޗް ކޮށްފި ވަތަނިއްޔާގެ ތްރީޖީ ޕްލަސްގެ ޚިދްމަތް ރަސްމީ ގޮތުން މިއަދު އައްޑު އަތޮޅު ހިތަދޫގައި ޤާއިމް ކޮށްފި އެވެ. ކުޑަކުދިންގެ ހަވީރަކާ އެކު މިއަދު ހަވީރު ސ. ހިތަދޫ މުހިއްބުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވަތަނިއްޔާގެ އިތުރު ޚިދްމަތް ތަކުގެ ޕްރޮމޯޝަންތައްވެސް ބޭއްވި އެވެ. ތްރީޖީ ޕްލަސް އާއެކު އިތުރަށް ލިބިގެންދާ ޚިދްމަތުގެ ތެރޭގައި ވަތަނިއްޔާ ބްރޯޑްބޭންޑާއި ވީޑިއޯ ކޯލިންގ ގެ ޙިދްމަތް ހިމެނެ އެވެ. މިކަން ފާހަގަ ކުރުމުގެ ގޮތުން މިރޭ މިއުޒިކް ޝޯ އެއްވެސް ހިތަދޫގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. |
|
Friday, 30 April 2010 23:32 |
އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރު ގަމަށް ގެނެސްފި އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރު އައްޑު އަތޮޅު ގަމަށް ގެނެސްފިއެވެ. ގަމުގައި އޮންނަ ސަދަން ކޮމާންޑާއި ހަވާލު ވެގެން ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ ހެލިކޮޕްޓަރުގެ ސަބަބުން ސިފައިންގެ މަސައްކަތަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމަށާ، ގަމުގައި ބާއްވާ ގޮތަށް ހަމަ ޖެހުނަސް އޭގެ ޚިދްމަތް ލިބޭނީ ހަމަ އެކަނި މިސަރަޙައްދަށް ނޫން ކަމަށާ އެހެން ސަރަޙައްދު ތަކަށް ވެސް ހެލިކޮޕްޓަރުގެ ޚިދްމަތް ލިބޭނެ ކަމަށެވެ. އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައި މިވާ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށްދާ ޚަރަދުގެ 90 % ދޭގޮތަށް ހަމަޖެހިފައި ވަނީވެސް އިންޑިއާ ސަރުކާރުންނެވެ. މި ހެލިކޮޕްޓަރަށް ދިވެހި ސަރުކާރުން ދީފައިވާ ނަމަކީ "ރެހެންދި" އެވެ |
|
Monday, 19 April 2010 21:03 |
ވިލިގިލީގެ މުވައްޒަފުން ކުރަމުންދާ ހަޅުތާލު ކުރިއަށް މިމަހުގެ ސާދަ ވަނަ ދުވަހު ޝަންގްރިއްލާ ވިލިގިލީގައި ހިނގި ހާދިސާއަކާއި ގުޅިގެން، އެ ރިސޯރޓުން ހަތަރު މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާ ގުޅިގެން، ކަނޑާލި ހަތަރު މުވައްޒަފުންނާއި ވިލިގިލީގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުންތަކަކާއި އަދި މިއަތޮޅުގެ ބައެއް މީހުން ކުރަމުންދާ މުޒާހަރާ އަދިވެސް ކުރިއަށް އެބަދެއެވެ. މިމުޒާހަރާ ކުރަމުން ގެންދަނީ ފޭދޫގައި ކުރީގައި ހުރި އެމް ޓީ ސީ ސީގެ އޮފީސް ހިންގި އިމާރާތުގެ ކުރިމަތީގައެވެ. މިތާނގައި ވިލިގިލީގެ މެނޭޖްމެންޓާ ދެކޮޅަށް ޢިބާރާތްތައް ލިޔެފައިވާ ފޮތިގަނޑުތައް ދަމާފައިވެއެވެ. މި މުޒާހަރާގައި ބައިވެރިވާ މީހުން މަގުމައްޗަށް އުކަމުންދިޔަ ކަރުދާހުގައި ވާގޮތުން މިކަން ހިނގަން މެދުވެރިވި ސަބަބަކީ އެ ރިސޯރޓްގެ ހަތަރު މުވައްޒިފަކު ހުސްވިލާއެއްގެ ތެރޭގައި ގޭމް ކުޅެން ތިއްބާ ފެނުނު ހިސާބުންނެވެ. "މެންދުރުފަހު ބްރޭކް ގަޑީގައި ވިލާ ހޯސްޓުންގެ ހަތަރު ސްޓާފުން އެމީހުންގެ އަމިއްލަ ޕްލޭ ސްޓޭޝަން ހިފައިގެން ގޮސް ހުސްކޮށް ހުރި ވިލާއެއްގައި ގޭމް ކުޅެން ތިއްބައި، ސިކިއުރިޓީ މެނޭޖަރ މިޚަބަރު ލިބިގެން އެތަނަށް ދިޔައިރު ރޫމް ތެރޭގައި ސްޓާފުން ތިބީ ޑަބަލް ލޮކް އަޅުވައިގެންނެވެ." އަދި ސެކުއުރިޓީ މެނޭޖަރ ދޮރު ހުޅުވުމަށްފަހު ސްޓާފެއްގެ މޭމަތީ އަތްއަޅާ ކޮއްޕާލުމުން އޭނާ ވެއްޓުނު ކަމުގައިވެސް މިކަރުދާހުގައި ވެއެވެ. ސިކިއުރިޓީ މެނޭޖަރ ވަޒީފާއިން ވަކިކޮށް އަނެއް ހަތަރު މުވައްޒަފުންނަށް، ރިސޯޓް ހޭންޑްބުކްގައިވާ ގޮތަށް، ވަޒީފާއިން ވަކި ނުކޮށް، ހަޔަސްޓް ރިޓެން ވާރނިންގް ދިނުމަކީ މިމުޒާހަރާ ކުރާ މީހުންގެ ޑިމާންޑެކެވެ. މިމައްސަލަ ނިންމި ގޮތާއިމެދު ހިތްހަމަ ނުޖެހޭތީ 65 ސްޓާފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް މެނޭޖްމެންޓަށް ހުށަހަޅާފައިވާ ކަމަށްވެސް މަގުމައްޗަށް އަޅާފައިހުރި ލިއުން ތަކުގައި ވެއެވެ. ހަތަރު ދުވަސް ވީއިރުވެސް މިމުޒާހަރާ ގައި ބައިވެރިވި މީހުންގެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނައިސް މުޒާހަރާ ކުރިއަށް އެބަ ގެންދެއެވެ. ރޭގައިވެސް މިމުޒާހަރާ ކުރާ މީހުންގެ ސައިކަލް ބުރެއް ފޭދޫގެ މަގުތަކުގައި ބޭއްވި އެވެ. |
|
|