މިލަވަޔަކީ 1972 ދެވަނަ އަހަރު ޑީ އެން ސީ ގެ ފުޓްބޯޅަޓީމަށް ޗެމްޕިއަން ލިބުމާއި ގުޅިގެން ހަދާފައިވާ އަދި އެދުވަސްވަރު މުޅި ރާއްޖެއަށް އަދި ޚާއްސަކޮށް އައްޑުއަތޮޅަށް މަޝްހޫރު ވެގެން ދިޔަ ލަވަ އެކެވެ. އެދުވަސްވަރު ކުދިން ނިންދަވަން އުދޯލީގަވެސް މިލަވަ ކިޔާކަމަށްވެއެވެ. މިލަވަ އެއްކޮށް އެގޭމީހަކު މިހާރު ވަރަށް މަދެވެ. ލަވައި ގެ ޝާޢިރުގެ ނަމެއް އަދި ހޯދިފައެއް ނެތެވެ. މިލަވަ، އެދުވަސްވަރުގެ މަޝްހޫރު ލަވަކިޔންތެރިޔާ އިބްރާހިމް ޚަމްދީ ލައްވާ ރެކޯރޑް ކުރުވައިގެން ޖަހާ އުޅުނުކަން އެގިފައިވެއެވެ. ނަމަވެސް އެލަވަ މިހާރު އެއްވެސް މީހަކު އަތަކު ނެތެވެ. މިލަވަ ލިޔެވިފައިވަނީ ހަމަޔަށް ކަމެއް އަދި ކަޑިތައް ތަރުތީބު ކުރެވިފައިވަނީ ރަގަޅަށް ކަމުގެ ޔަގީން ކަމެއް ނެތެވެ. އެގޭ ބޭފުޅަކު ހުރިއްޔާ އަޅުގަޑުމެންނަށް އަންގަވާ ދެއްވުން އެދެމެވެ.
އަގު މާތް ވެދުން ކުރީމޭ ތަރްޙީބަކުން ތަހާނީ
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ
ނުގުޑާނެ މާތްވި ޢަޒްމުން އުފެދޭ މިލޭގެ ޖޯޝުން
އެކުލާ ޝުޢޫރު ހޯދާ ވެފިދާ ހިތާއި ޖާނުން
ބަނދެގެން ކަމަރު އެދޭހެން ފޭދޫގެ ނަން ފަވާނީ
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ
ކުރިމަތި ވުމުންނެ ބާވީސް ފުޓުބޯޅަ ވަނަ މުބާރާތް
ފުރިހަމަ ޔަގީން ކަމެއްގާ ކުރުމުން މިހެން ޢިޝާރާތް
ފުރަމާލެއަށް ޒިޔާރަތް ކުރުމުން އުފާ ލިބޭނީ
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ
ބައިވެރިވި ތޭރަ ކުލަބުން ފައިނަލްގެ ރޫޙު ދިރިގެން
ތަރުޙީބު ލިބި ނިހާއީ ޔޫރަޕްގެ ރީތި ކުޅުމުން
ތަޢްރީފު ހައްގު ޑީ އެން ސީ އޭ މިއީ ބުނާނީ
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ
ކުޅުނަސް ކުޅުންތެރިންތައް ގުޅިގެން އައިސް ސިލޯނުން
އޮޅުމެއްނުވާ ގޮތެއްގައި ލިބި އެއްވަނައިގެ ބާރުން
ދެގޮތެއްނުވާނެ ފޭދޫ ރާއްޖޭގެ ނަން ފަވާނީ
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ
އެކުލާ މިޓީމު ހިމެނޭ ކެޕްޓަން ވިދާ މުފީދާ
ދެސަޢީދު އަދި ލަބީބާ ޒާހިރު ޢަލީމުފީދާ
އަދި ސާލިހާ ރަޝީދާ އިބްރާހިމްމަނިކު ވާނީ
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ
އުދުހޭ މުފީދު ކެޕްޓަން ދަޑުގައި ލަބީބު ގުޅިގެން
ފަހަތުން ސަޢީދު ފެނެޔޭ ސާލިޙުގެ ބޯޅަ ފޮނުވަން
ހިތަކުން ނުވެސް ފިލާނޭ އަދިވެސް ދުށުން އެދޭނީ
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ
ރާގު: މުޖެ ޢިޝްގުހޭ ތުޖީސޭ
މިލަވައިގެ ބޮޑުބައި ކިޔާދިން ސ. މަރަދޫ ގުލްޝަންގޭ އަހްމަދު ޒުހައިރު އަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.
Related articles:
ޑީ އެން
ސީގެ ފުރަތަމަ މެޗު 1969.
ހިތަދޫގައި ބޭއްވުނު 20 ވަނަ ފުޓްބޯޅަ މުބާރާތް 1970.
ޑީ
އެން ސީގެ ލަވަ - އަގުމާތް ވެދުން ކުރީމޭ ތަރުޙީބަކުން ތަހާނީ .
މުފީދު އދުހިފައި މާލެއަށް 1974.
ފުޓްބޯޅަ މުބާރާތް
ހުޅުވުން 1973.
DNC,
the Football Phenomenon of the 70s.
Trophies
of the Victorious DNC of 1972.
Phototoes:
DNC.
The
Soccer Golden Boys of Addu.