|
||||||||||
ދޫދޫމަތިން އައްޑުއަތޮޅު ގަން
މިއީ އަޅުގަނޑު އެރަށަކަށް އުފަންވި އައްޑުއަތޮޅު ގަމުގެ ކުރުތަޢާރަފެއް ލިޔުމަށް ކުރެވުނު ޚިޔާލަކާއި ގުޅިގެން އަޅުގަނޑު ލިޔުނު މަޒުމޫނެކެވެ. އަޅުގަނޑު މިމަސައްކަތް ފެށީ މިފަދަކަމަކަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް ލިބިހުރެގެންނެއްނޫނެވެ. އަދި މިކަމަށް އެކަށީގެންވާ މީހެއްކަމަށް ޤަބޫލުކުރެވިގެންނެއްވެސް ނޫނެވެ. މިމަޒުމޫނު ލިޔުމަށް އަޅުގަނޑު މަޢުލޫމާތު ހޯދީ ގަމުގައި ދިރިއުޅުނު މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި އެންމެ ޢުމުރުން ދޮށީ ދެބޭފުޅުންކަމުގައިވާ ސ.ފޭދޫ އައިސްގޭ އަލްފާޟިލް މުޙައްމަދު ނަޢީމު ދީދީ އާއި ސ.ފޭދޫ ޖޭމުގަސްދޮށުގޭ އަލްފާޟިލް މުޙައްމަދު މޫސާ ގެ ފަރާތުންނެވެ. އެހެންކަމުން އެދެބޭފުޅުންނަށް އިޚްލާޞްތެރި ކަމާއިއެކު ޝުކުރު ދަންނަވަމެވެ. އެދެބޭފުޅުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އިތުރަށް އަޅުގަނޑު ހަނދާން ހުންނަންފެށިފަހުން ހިނގި ކަންތައްތަކުން އެނގިފައިވާ ކަންކަމުގެވެސް އަލީގައެވެ. މިމަޒުމޫނު ކުޑަވަރެއްގެ ފޮތެއްގެ ސިފައިގައި ތައްޔާރުކުރާ ފޮތުގެ ނަމަކަށް އަޅުގަނޑު ޚިޔާރުކުރަނީ "ދޫދޫމަތިން އައްޑުއަތޮޅު ގަން" މިނަމެވެ. އެހެންކަމުން މިފޮތްބަލާ ބަޔަކަށް އައްޑުއަތޮޅު ގަމާއިބެހޭ އިތުރު މަޢުލޫމާތުކޮޅެއް ލިބިއްޖެނަމަ ކުރިމަތީގައިވާ ބަގީޗާއިން އަޅުގަނޑު އެންމެ އެދޭ މާ ބިނދެވުނީއެވެ. މަޤްޞަދު ޙާޞިލްވީއެވެ. ިއީ ކުރިން ހެދިފައިވާ ދެލިކޮޕީއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ އެއްޗަކަށް ނުވާތީ ކޮންމެވެސް ވަރެއްގެ އުނި އިތުރެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އިސްފަސްކޮށް ލިޔެވިފައި ހުރުމަކީވެސް ވެދާނެކަމެވެ. އެހެންކަމުން ވިދާޅުވާ ހުރިހާ ބޭފުޅުންގެ އަރިހުންވެސް އަޅުގަނޑު ނިހާޔަތަށް މަޢާފަށް އެދެމެވެ. މިފަދަ ކޮންމެ އެއްޗަކީވެސް އެއަށް ބައްލަވާ ވިދާލުވެ ނަޒަރު ހިންގާލުމުން ލިބޭ ފޫހިފިލުވާލުމުގެ އިތުރުން ތާރީޚްގެ ތެރެއަށް ވަދެވޭނެ ކަމަކަށްވާތީ މާތްﷲ ގެ ރަޙްމަތްފުޅުން މިފަދަ ފުރުޞަތެއް ލިބުނު ކަމަށްޓަކާ އުފާކޮށް ޙަމްދު ކުރަމުން އެކަލާނގެ ޙަޟްރަތުން މިކަމަށް ވާގިވެރިކަމާއި ތަވްފީޤް ދެއްވުން އެދެމެވެ. 12 ޖުމާދަލް
އޫލާ 1426
ޚާދިމްކުމް
ޢަބްދުﷲ
ޢަފީފު / ބޭރުގެ،
ސ.ފޭދޫ
ގަމުގެ ތަޢާރަފް އައްޑުއަތޮޅު ގަމަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނަށް އޮތޗ އަތޮޅުގެ އިރު ދެކުނުކަނުގައި އުތުރަށް ދެވަނައަށް އޮތް ރަށެވެ. ގަމުގެ ދެކުނުގައި އަތޮޅުގެ އެންމެ ދެކުނުފުލުގައި އޮންނަނީ އަތޮޅުގެ ނަން އެރަށަކަށް ނިސްބަތްވާ "އައްޑޫ" ކިޔާ ކުޑަރަށެކެވެ. އެރަށަކީ މީހުންނަށް ދިރިއުޅެވޭ ކަހަލަ ރަށެއް ނޫނެވެ. ރަށް އޮންނަނީ ވަށްކޮށެވެ. ހަލަވެލިގަހާ ކުރެދިގަސް ހިސާބަކަށް ހެދިފައިވެއެވެ. ރށުގައި އެއްވެސް ވަރެއްގެ ފަސްގަޑެއް ނޯވެއެވެ. 1950 ގެ އަހަރުތަކަށް ފެށުނު އިރު ދިވެހި ދެ ރުއް ހުއްޓެވެ. 1956 ވަނަ އަހަރާއި ހަމައަށްވެސް އެރަށް އޮތެވެ. އެރަށް ނެތިދިޔައީ 1956 ވަނަ އަހަރު އިގިރޭސި ސަރުކާރުން ގަމުގައި ވައިގެ ބަދަރެއް ހެދިއިރު ރަންވޭގެ އަޑިއަށް އަޅަން އެރަށުގެ އާނުގަޑާއި އެކު ކޮނެގެން ނެގުމުގެ ސަބަބުންނެވެ. ގަމުގެ ބޮޑުމިނަކީ ގާތްގަޑަކަށް 2.75 އަކަކިލޯމީޓަރެވެ. ރާއްޖޭގެ ރަށްތައް ތިންދަރަޖައަކަށް ބެހިފައިވާއިރު ގަމަކީ ގެމަރަށެވެ. މިދެންނެވި ތިން ދަރަޖައަކީ ފަޅުރައްރަށާއި، ފުށިރަށްރަށް އަދި ގެމަރަށްރަށެވެ. ފަޅުރަށްރަށް ފަޅު ރަށްރަށަކީ މީހުން ދިރިނޫޅޭ ރަށްރަށެވެ. ގެމަރަށްރަށް ގެމަރަށްރަށްކީ މީހުން ދިރިއުޅޭ ޙާއްޞަ އިމްތިޔާޒެއް ދެވިފައިވާ ރަށްރަށެވެ. އެއީ ރަސްކަމެއް ނިމި އަނެއް ރަސަކަމެއް ފެށޭއިރު ނިމުނު ރަސްކަމުގެ ޙާންދާނުން ކުށްވެރިންކަމަށް ފަހުގެ ރަސްކަމަށް ބެލެވޭ މީހުން ފޮނުވާލުމުގެ އިމްތިޔާޒެވެ. ގަމަކީ އޭގެ ރަށެއްކަން ކުރިންވެސް ފާހަގަ ކުރެވިފައިވާނެއެވެ. އެ ރަށްރަށުގެ ފަޅުން ރިޔަލު ދަތުރާއި، ފަލިދަތުރުކުރުން އެ ދުވަސްވަރު އޮންނަނީ މަނާކަމަކަށް ވެފައެވެ. އެހެންކަމުން އެފަދަ ރަށްރަށުގެ ފަޅުން ދަތުރުކުރަން ޖެހެނީ ރިތުން ކަބާފައެވެ. މިއާދަ އުވުނީ ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ކުރީ ޒަމާނުން ފެށިގެންވެސް ގަމުގައި އޮންނަނީ މީހުން ދިރިއުޅޭ ދެ އަވަށެވެ. އެއީ ގަމުގެ ދެކުނު ފަޅީގައި އޮންނަ މަތިއެންގަނޑު އަވަށާއި އުތުރު ފަޅީގައި އޮންނަ ދޫގަހު އަވަށެވެ. މިދެއަވަށް ވަކިކުރާ އިމަކީ ގަމުގެ މެދުން ދިގަށް އޮންނަ މަގެވެ. މިމަގުކުރިން އޮންނަނީ މުޅިން ތެދަށްވާގޮތަށް ސީދަލަކަށް ނޫނެވެ. މިމަގު ސީދާކުރެވުނީ އަލްއަމީރު މުޙައްމަދު އަމީން ދީދީ ގެ ޖުމްހޫރީ ވެރިކަމުގައި ރަށްރަށުގައި ބޮޑެތި މަގުތައް ހެދި ދުވަސްވަރު ގަމުގެ ދިގުމަގަކަށް އެމަގު ހެދުމުންނެވެ. އޭގެފަހުން 1956 ވަނަ އަހަރު ގަމުގައި އިގިރޭސިން ހެދި ރަންވޭއަށް ވީވެސް މިމަގެވެ. ކުރިން މަގުއޮތްވަރަށްވުރެ ދެއަރިމަތިން ފުޅާކޮށް 4 ފޫޓް ފުންކޮށް ކޮނެ އަޑިން ފެށިގެން ކޮންކްރީޓްކޮށް ރަންވޭ ފުރިހަމަކުރީއެވެ. ދޫގަސް އަވަށުގައި ކަރަބުރިވަރު ކިޔާ ހިސާބުގަޑަކާއި މެދެގެދަރު ކިޔާ ހިސާބުގަޑެއް އޮވެއެވެ. ކަރަބުރިވަރުކިޔަނީ ދޫގަސް އަވަށުގެ ހުޅަގުކޮޅަށެވެ. އަދި މެދެގެދަރު ކިޔަނީ އިރުމަތީ ކޮޅަށެވެ. ގަމުގައި ހުރި ފަންނުތައް ވާރުގޭ
ފަންނު ފަންނަކީ އެއްގަމުން ގޮނޑު ދޮށަށް ގޮޑުދޮށުން އެއްގަމަށް އެރިއަރައި ހެދުމަށް ހޭޅިފަށުން ގަސްކޮށާ، ވިނަނޮޅާ ސާފުކޮށްފާ ހުންނަ ދިމަދިމާލަށް ކިޔާނަމެކެވެ. އެތަންތަނަށް އެނަންކީފައިވާގޮތެއް ހޯދޭކަށް ނެތެވެ. ނަމަވެސް ބައެއް ތަންތަނަށް މުނާސަބުކޮށް ނަންކިޔާފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް ވާރުގެއާ ދިމާލުން ގޮޑުދޮށަށް ދާން ހަދާފައިވާ މަގަށް ވާރުގޭ ފަންނު، މާމިސްކިތާ ދިމާލުން ގޮޑުދޮށަށް ދާން ހަދާފައިވާ މަގަށް މާމިސްކިތް ފަންނު އަދި އަތިރަގެއާ ދިމާލުން ގޮޑުދޮށަށް ދާން ހަދާފައިވާ މަގަށް އަތިރަގޭ ފަންނު ކިޔާފައިވެއެވެ. ރަށުގެ ޚާއްޞަ ތަންތަން ޢީދުގަލު ގަމުގެ މަޝްހޫރު ގެދޮރު ގަޑުވަރު ގަމުގައި ހުރި މިސްކިތްތައް ހުކުރު
މިސްކިތް / މާމިސްކިތް މީގެތެރެއިން 1، 2، 3 ގައިވަނީ މަތިއެންގަޑު އަވަށުގައިހުރި ތިން މިސްކިތެވެ. ހުކުރު މިސްކިތް މިހާރު ހުރިތާގައި އެންމެ ކުރީޒަމާމުގައި ހުރީ ގާފުޅަމަތީ މެއްލަޖުގައި ދަނޑިންބިއްގަތައި ފަންގިލާ ފުރާޅު ހިޔާކޮށްފައިވާ މިސްކިތެކެވެ. ތާރީޙީ ގޮތުން އެދުވަސްވަރެއް ބުނަންއެގޭ ބަޔަކު މިހާރު ދުނިޔޭގައި ނެތުމުން އެމިސްކިތް އާރާސްތުކުރެވުނު ދުވަސްވަރެއް ހޯދޭކަށްނެތެވެ. ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިކަމަށް ބުނެވެނީ އެދުވަސްވަރު ގަމުގައި ތިބި ގަމުގެ ރައްޔިތުން ކަމަށް ބުނެވެއެވެ. ބިލާލު މިސްކިތާ ކީސްގެ މިސްކތް ޢިމާރާތްކުރިކަމަށް ބުނެވެނީ ކުރީ ޒަމާނުގައި ދަތުރުކުރަމުން އައިސް ގަމުގެ ބޭރުގައި ޖެއްސި ބޭރުކަރައިގެ ނަވަކުންއައި ބިލާލު ކިޔާމީހަކާއި ކީސް ކިޔާމީހަކާ ދެމީހުން ކަމަށްބުނެވެއެވެ. މިދެމިސްކިތަކީ ހިރިގާ ކީހައިގެން އޮމާންކޮށް އެގަލުން ބިތްހަދާ ފަންގިލާ ހިޔާކޮށްފައިހުރި ވަރަށް ކުޑް ދެމިސްކިތެވެ. އެއީ ކޮންދުވަސްވަރެއްކަން އެގޭކަށް ނެތެވެ. ކުރީގެ ހުކުރު މިސްކިތް ހުރިތާގައި މިހާރު ހުރި ހުކުރު މިސްކިތަކީ ހަތާގަލާ އުވައިން ރާނާ ހައިވަކަރުން އެތެރެގެ ވަޑާމާ ދޮރުތައް ހަދާ ޓިން ނުޖަހާ ހިޔާކޮށްފައިވާ މިސްކިތެކެވެ. ހޯދިހޯދުންތަކުން މަޢުލޫމާތު ލިބުނުގޮތުން މިމިސްކތް ރޭނުމަށް އުވަހަލަން ފެނުގެ ބަދަލުގައި ބޭނުންކުރީ ދިވެހި ހަކުރެވެ. މިހާރުވެސއ މިސްކިތުގެ އެއްވެސް ތަނަކުން ކަނޑައިގެން ގޮސް ރެނދު އެޅިފާހުރުން ފަދަ އެއްވެސް ގެއްލުމެއް ލިބިފާނެތެވެ. މިސްކިތުގެ ހަރިންމަތެރޭ ވަރަށްބޮޑު ގަބުރުސްތާނެއް އޮވެއެވެ. ބުނެވޭގޮތުން މިސްކިތުގެ ފޮރުތކާއި އެހެން ވަޑާމަށް ބޭނުން ކުރި ހައިވަކަރަކީ، މިސްކިތް ރޭނުމުގެ މަސައްކަތް ނިމިފާވަނިކޮށް ގަމުގެ ދެކުރުފަރާތު ބޭރުކަނޑުން ފުއްޓަރުފަރުމައްޗަށް ލެއްގި ހައިވަކަރެވެ. އެދުވަސްވަރު އަތޮޅުގައިތިބި އިސްވެރިން ސަރުކާރު ދަންނަވައިގެން މިސްކިތުގެ މަސައްކަތްތަށް ސަރުކާރުން އެވަކަރު ދެއްވީއެވެ. މިސްކިތުގެ ހުރިހާ މަސައްކަތަކާއި ޚަރަދެއް ކުރިކަމަށް ބުނެވެނީ ގަމުގެ ރައްޔިތުންނެވެ. މިސްކިތުގެ ކުރިމަތީ މިސްކިތާ ވަރަށް ކައިރީގައި ވަރަށް ބޮޑު ފެންގަޑެއް (ވެވެއް) އޮތެވެ. އެއީ ފެނުންމަތި ވަރަށް ރީތިކޮށް ހަދާފައިވާ އެތެރެއަށްއެރި ފީނާ، ފެންވަރާ ފެންގަޑެކެވެ. މިސްކިތް ޢިމާރާތް ކުރި ދުވަސްވަރެއްގެ ތާރީޚެއް އެގޭނެގޮތެއް ނެތެވެ. މިބުނެވުނެ ފެންގަޑު (ވެވް) ގެ އިތުރުން ފެންބޭނުންކުރާނެ ވަޅެއް (ހިރިގަލުން ހަދާފައި) މިސްކިތު ފޮރު ކުރިމަތީގައި ހުއްޓެވެ. ދޫގަހު އަވަށުގައި ހުރި 4 މިސްކިތުގެ ތެރެއިން އާމިސްކިތްހުރީ މިހާރު ގަމުގެ އިތުރުފަރާތު ރަށުގައި މިހާރުހުރި ބޮޑުމާރަގާ ޢިމާރާތުގެ ހުޅަގު ފަރާތުގައެވެ. އެމިސްކިތަކީވެސް ހަތާގަލާ އުވައިން ރާނާ ޓިނުޖަހާ ފުރާޅު ހިޔާކޮށްފައިހުރި މިސްކިތެކެވެ. މިސްކިތް ޢިމާރާތްކުރިކަމަށް ބުނެވެނީ ޙިޖުރައިން 1340ގެ އަހަރުތަކުގައި ގަމުގެ އަހުލުވެރިންގެ ޚަރަދާއި، މަސައްކަތުންނެވެ. މިމިސްކިތުގެވެސް ދޮރުކުރިމަތިން މިސްކިތާ ވަރަށް ކައިރީ ފެންގަނޑޭއް (ވެވެއް) އޮތެވެ. އެއީވެސް އތެތެރެއަށް އެރި ފެންވަރާ ފީނާ ހަދާ ފެންގަނޑެކެވެ. އޭގެއިތުރުން ފެންބޭނުންކުރާ ވަޅެއްވެސް ހުރެއެވެ. އެމިސްކިތުގެ ހަރިންމަތެރޭވެސް ބޮޑު ގަބުރުސްތާނެއް އޮތެވެ. ދުގަހު މިސްކިތްހުރީ، މިހާރުހުރި މާރަނގާ ޢިމާރާތުގެ އިރުމަތީކޮޅުން ގާތްގަޑަކަށް 150 ވަރަކަށް ފޫޓް އިރުމަތީގައެވެ. މިއީވެސް ގަމުގެ އަހުލުވެރިންގެ މަސައްކަތާއި ޚަރަދުގައި ހަތާގަލާއި އުވައިން ރާނާ ޓިނުން ހިޔާކޮށްފައި ހުރި މިސްކިތެކެވެ. މިމިސްކިތުގެ ކައިރީވެސް ބުނެވިދިޔަ ފަދަ ފެންގަޑަކާ އިތުރު ފެންވަޅެއް ހުއުޓެވެ. ހަރިންމަތެރޭ ކުޑަ ގަބުރުސްތާނެއް އޮތެވެ. މިމިސްކިތް ޢިމާރާތްކުރެވުނުކަމަށް ބުނެވެނީ 1350 ގެ އަހަރުތަކުގައެވެ. މެދުގަމު މިސްކިތަކީ ވެސް ހިރިގާ ކީހައި އެގަލުން ބިތްހަދައި ފަންގިފިލާ ފުރާޅުކޮށްފައިހުރި މިސްކިތެކެވެ. އެމިސްކިތުގަވެސް ހަރިންމަތެރޭ ގަބުރުސްތާނެއް އޮތެވެ. ހިރިގަލުން ބެހެއްޓިފައިހުރި ފެންވަޅެއްވެސް މިސްކިތުގެ ކުރިމަތީގައި ހުއްޓެވެ. މިމިސްކިތް ޢިމާރާތް ކުރެވުނު ދުވަސްވަރަކާ މިސްކިތުގެ މަސައްކަތް ކުރިފަރާތެއް އެގޭކަށް ނެތެވެ. އމިސްކިތް ހުރީ މިހާރުގެ ލީނިޔާ ފެކްޓްރީ ހިންގި ޢިމާރާތުގެ ހުޅަގުފަރާތުގައެވެ. ބުނެވެނީ 1930 ގެ އަހަރުތަކަށް ފެށުނުއިރު ތަށިޖެހި މިސްކިތް ނެތިގެން ގޮސްފައިވާ ކަމަށެވެ. ވުމާއެކު އެމިސްކިތާ ބެހޭ މަޢުލޫމާތު ލިބޭކަށް ނެތެވެ. ނަމަވެސް އެމިސްކިތް ހުރިކަމަށް ބުނެވެނީ ގަމުގައި މިހާރުހުރި އީޑަން ފެކްޓްރީ ހިންގި ޢިމާރާތުގެ އިރުމައްޗަށެވެ. ަމުގައި ހުރި ކިޔަވައިދޭ ތަންތަން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ ރާއްޖޭގެ ވެރިކަމާއި ޙަވާލުވީއިރު ރާއްޖެތެރޭގެ ރަށްރަށުގައި ޢިލްމު ކިޔަވައިދިނުމަށް (ތަޢުލީމު ދަސްކޮށްދޭނެ) ވަކިން ޚާއްޞަކުރެވިފައިވާ ތަނެއް ނެތެވެ. އެކަންކުރަނީ އެދުރުގޭތަކުންނެވެ. މުޙައްމަދު އަމީންދީދީގެ ވެރިކަމަށް ފެށިގެން ރާއްޖެތެރޭ ރަށްރަށުގައި މަދްރަސާ، މަކްތަބުތަށް އުފައްދަވައި، އެތަންތަނުން ތަޢުލީމު ދޭން ފެށުމާއި ގުޅިގެން ގަމުގައިވެސް މަދްރަސަތުލް މަޒާހިރާގެ ނަމުގައި މަދްރަސާއަކާއި މަކްތަބުތުއް ސަޢާދާގެ ނަމުގައި މަކްތަބެއް ހިންގަން ފެށުނެވެ. ގަމުގެ މީހުން އެހެންރަށަކަށް ބަދަލުވާ ކޮންމެފަހަރަކު މީހުން ބަދަލުވާ ރަށަކަށް މިދެތަންވެސް ބަދަލުވެއެވެ. ގަމުގައި ހުރި މުލި އައްޑުމުލި މުއްޔަކީ ރަށާއި ގުޅިގެން ރަށަށްވުރެ ބޭރއށް ނިކުމެފައި ހުންނަ ތަންތަނެވެ. ގަމުގައި ހުރި ފުރާދުއްވާ އުޅަނދުފަހަރު އެއްވެސް އިރެއްގައި ބޭރުދަތުރުކުރާ ބަނޑުއޮޑިފަހަރާއި ބައްތެލިފަހަރު ގަމުގައި ނުހުރެއެވެ. ގަމުމީހުން މާލެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށްހެދީ ހުޅުދޫ، މީދޫ އަދި ހިތަދޫ އުޅަދު ފަހަރުގައެވެ. ގަމުގައި 8 މަސް ދޯނި 10 ވަދު ދޯނި ދުއްވިއެވެ. ގަމުގެ އަހުލުވެރިން ގަމުގައި ދިރިއުލުނު ދުވަސްވަރު ދިރިއުޅުމަށް ކުރި މަސައްކަތް ގަމުގެ އަހްލުވެރިން ދިރިއުޅުމަށް ކުރިމަސައްކަތަކީ، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ރާއެރުމާއި، ރޯނުވެށުމާއި، ފަރުހިލުމާއި، ތެދުވިވަޑާމުގެ މަސައްކަތެވެ. މީގެ އިތުރުން މާލެއާއި ސިލޯނަށް މަދުބަޔަކު ވިޔަފާރި ދަތުރުވެސް ކުރިއެވެ. މީގެތެރެއިން މައިގަނޑު މަސައްކަތަކީ، ދަނޑު ގޮވާމުގެ މަސައްކަތެވެ. މިއިން އެއްވެސް މަސައްކަތެއް ކުއްޔަށް ނުވަތަ މުސާރައަށް ކުރާބަޔަކު ނޫޅެއެވެ. އަމިއްލަ ކަންކަމުގެ އިތުރަށް ކުރަނީ ގާތް ރައްޓެހިންގެ މަސައްކަތެވެ. ގަމުގެ އަހުލުވެރިންގެ ކުރީގެ ދިރިއުޅުން ގަމުގެ އަހުލުވެރިންނަކީ، ވަރަށް ހިތަހަމަޖެހޭ އުފާވެރި ތަނަވަސް ދިރިއުޅުމެއް އުޅުނު ބަޔެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، އެމީހުންގެ އަމިއްލަ މަސައްކަތުން ރަށުގައި އިންދާ ހައްދާ ގޮވާމާއި، ތަރުކާރީގެ ގިނަ ބާވަތްތައް ރަށުން ލިބެން ހުރުމުން ކެއިން ބުއިމަށް އެއްއިރެއްގައިވެސް ދަތިކަމެއް ނުލިބުމެވެ. އަލަ، ކައްޓަލަ، ބަބުކެޔޮ އަދި ކޭލުގެ ހުރިހާ ބާވަތެއް ގިނަ ޢަދަދަކަށް ރަށުން ލިބެން ހުރެއެވެ. އެހެންކަމުން ކެއިން ބުއިމުގެ ދަތިކަމެއް މާތްﷲ ގެ ރަޙްމަތްފުޅުން ގަމުގެ މީހުން ތަޙައްމަލު ކުރާކަށް ނުޖެހެއެވެ. އާދަކޮށް މައިގަނޑު ކެއުމަށް ބޭނުންކުރީ ފަލަމަޑީގެ ބާވަތްތަކެވެ. އަތޮޅުގެ އެހެން ރަށްރަށުގެ މީހުން މިތަކެތި ގިނަ ޢަދަދަކަށް ގަމުން ލިބިގަނެއެވެ. އެއީ ގޮވާމުގެ ބާވަތްތަކާއި، ތަރުކާރީއާއި، މޭވާ ފަދަ ހުރިހާ ބާވަތެއްވެސް ގަމުގެ މީހުން ބޭނުންކުރާވަރަށް ވުރެ އިތުރަށް ގަމުން ލިބެން ހުންނާތީއެވެ. ގަމުގައި ހުރި ހިންނަތައް ގަމަކީ، ގޮއި ފާލައްބަ ރަށެކެވެ. ގަމުގައި އޮންނަނީ ދެހިންނައެވެ. އެއީ ބަންޑާރަ ރަށްކެޑެ ކިޔާ ހިންނައަކާއި، އަމިއްލަ ރަށްކެޑަ ކިޔާ ހިންނައެކެވެ. މިދެހިންނަ ހަމަޖެހިފައި އޮތްގޮތުން ކުރިންވާނީ ލިޔެވިފައެވެ. ގަމުގައި ހުރި އުސް ބިނާތައް ގަމުގައި އުސްތުނބާ ކިއުނު ތަނަކީ ޏ.ފުވައްމުލަކު ހަވިއްތާ ކަހަލަ ތަނެކެވެ. މިތަންހުރީ ގަމުގެ އެތެރެވަލޭ ކިޔާ ހިސާބުގައެވެ. އެތަން ބިމާހަމަކުރެވިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެެ. ވާރުގޭ ވާރުގެއަކީ ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައިވެސް ކުރީގެ ދުވަސްވަރު ހުންނަ ރަސްމީގެއެވެ. އެދުވަސްވަރު އެއްވެސް އަތޮޅެއްގައި އަތޮޅުވެރިއަކު އަދި އަތޮޅު އޮފީހެއް ނުހުރެއެވެ. ހުންނަނީ ވާރުގެއަކާއި ވާރުވެރިއެކެވެ. އައްޑުއަތޮޅު ވާރުގޭ ހުރީ ގަމުގައެވެ. ވާރުގޭ ހުރިތަނަކީ ގަމުގެ މޫނުމަތީގައި މިހާރު ހުރި މާރަގާ ހުރިތަނެވެ. ވާރުގޭ ޢިމާރާތްކުރުމުގެ ޚަރަދާއި މަސައްކަތްކުރީ އަތޮޅުގެ ހުރިހާ ރަށަކުން ޙިއްޞާވެގެން ކަމަށް ބުނެވެއެވެ. ވާރުގޭގައި ވާރަވެރިއެއްގެ ގޮތުން އެންމެ ފުރަތަމަ ހުންނެވީ ސިއްތީގެ ޢަލިދީދީ ކިޔާ މާލޭގެ ބޭފުޅެކެވެ. އޭނާ ވާރުގެއަށް އަވަހާރަވެ ފަސްދާނުލެވިފައިވަނީ ގަމުދޫގަހު މިސްކިތު ހަރިއްމަ ތެރޭގައެވެ. މާތްﷲ އެ މަރުޙޫމަށް ހެޔޮ ރަޙްމަތް ލައްވާށި! ވާރުގޭ ޢިމާރާތް ކުރެވުނީ ހިޖުރައިން 1344 ވަނަ އަހަރުއެވެ. ަމުން މީހުން ބަދަލުވުން 1 ދެފަހަރެއްގެ މަތިން ގަމުން މީހުން ބޭލިފައިވެއެވެ. ފުރަތަމަ ގަމުން މީހން ބާލަންޖެހުނީ ޖަރުމަނު މީހުންނާ ޖަޕާނުމީހުން އެއްކޮޅަށް، އިގިރޭސިންނާއި ފަރަންސޭސީންނާއި ދެކޮޅަށް 1939 ވަނައަހަރު ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު ފެށުނު މުޅިދުނިޔެ ސިއްސުވާލި ދުނިޔޭގެ ދެވަނަ ބޮޑުހަގުރާމައިގެ ބިރުވެރިކަމާއި ނާމާންކަން މުޅި ދުނިޔެއަށް ލިބިގެން ދިއުމާއި ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ދިފާޢުކުރުމަށާއި ރައްކާތެރިކަން ލިބިދިނުމަށް ރާއްޖޭގެ ބައެއް ސަރަޙައްދު ތަކުގައި އިގިރޭސި ދައުލަތުގެ މިލިޓަރީ ސިފައިން ބައިތިއްބަން ބޭނުންވާކަމަށް އިގިރޭސި ސަރުކާރުގެ ފަރާތުން ސްރީލަންކާގައި އެއިރު ހުންނެވި ހައިކަމިޝަނަރ އެއިރު ސްރީލަންކާގައި ހުންނެވި ރާއްޖޭގެ ސަފީރު އަލްފާޟިލް ޙުސައިން ޙިލްމީ ދީދީ މެދުވެރިކޮށް ދިވެހި ސަރުކާރަށް ހުށަހެޅުމުން އެކަން ސަރުކާރުން ޤަބޫލުފުޅުކުރައްވާ ދެއްވި ހުއްދައިގެ މަތިން ރާއްޖޭގެ ދެކުނުގައި އިގިރޭސި ސިފައިން ތިބޭނެ ރަށަކީ ގަން ކަމަށް ހަމަޖައްސަވައި ހަންހުސްކުރަން ޖެހުމުންނެވެ. އެފަހަރު ގަމުގެ މީހުން ބަދަލުކުރީ ހިތަދޫގެ އިރުމަތީކޮޅު "މާމެންދޫ" ކިޔާރަށަކަށާއި މީދޫ އަރުބަ މިސްކިތާ ދިމާލުގައި އޮތް ހުސް ތަނަށެވެ. އެއީ މީދޫ މީހުން އަރުބަވަލޭ ކިޔާ ތަނެވެ. މިދެރަށަށް މީހުން ބަދަލު ކުރިކުރުމުގައި ގިނަ މީހންވީ މާމެންދޫގައެވެ. އެދެރަށުގައިވެސް މީހުން ތިބޭނެ ގެތަށް އަޅާދިނީ ސަރުކާރުގެ އެންގެވުމަށް ހުޅުދޫ މީދޫ އާއި ހިތަދޫގެ ރައްޔިތުންނެވެ. ގެތަށް އަޅާފައިހުރީ ދަނޑި ފަނުންނެވެ. ދުވަސްގަޑަކަށް އެ ރަށުގައި ތިބުމަށް ފަހު މީދޫގައި ތިބި މީހުން އަމިއްލައަށް މާމެންދޫއަށް ބަދަލުވެ ފަހުން ދިރިއުޅެމުން ދިޔައީ މާމެންދޫގައެވެ. އެއިރު ގަމުގައި ހުރި ގޭގެ ޢަދަދަކީ 70 އެވެ. މީހުންގެ ޢަދަދަކީ 650 އެވެ. އަހަރުތަކެއް ވަންދެން ކެއުމަށް ބޭނުންވާނެ ހަނޑު، ހަކުރު، ފުށް މަސްދުވަހަށް މީހަކަށް ވަކިވަރަކަށް ސަރުކާރުން ދެއްވިއެވެ. ގަމުމީހުން ގާތްގަޑަކަށް 6 އަހަރާއި ދުވަސްކޮޅެއްވަންދެން މާމެންދޫގައި ދިރިއުޅުނެވެ. އެފަހަރު އިގިރޭސިން ގަމަށް އައީ 1939މ. ގައެވެ. 5 އަހަރާއި 8 މަހާއި 4 ދުވަހަށް ދެމިގެން ދިޔަ މިހަނގުރާމަ 7 މެއި 1945 ގައި ނިމި ގަމުން އިނގިރޭސިން ފޭބީ 1946 ގައެވެ. އިނގިރޭސިން ފޭބުމުން އަލުން ގަމަށްގޮސް އެރަށުގައި ވަޒަންވެރިވުމުގެ ހުއްދަ ސަރުކާރުން ދެއްވުމުން އެކަމަށް އުފާކޮށް މަރުޙަބާގެ ޝުޢޫރުތައް ފާޅުކުރަމުން ސަރުކާރަށް ޝުކުރު ދަންނަވާ ޙާލު އެންމެންވެސް ގަމަށްގޮސް ވަޒަންވެރިވީއެވެ. ކުދި ފިޔފާލިތަށް ހަދައިގެންނާއި އިގިރޭސިން ފޭބިއުރި ހުރި ބައެއް ޢިމާރާތްތަކުގައި ތިބެގެން ކުރިން ދިރިއުޅުނު ތަންތާގައާއި އެނޫންތަންތާގައި ގެތައް އާރާސްތުކޮށް ދިރިއުޅެން ފެށީ 1948 ގައެވެ. ގަމުގައި ދިރިއުޅެމުންދާތާ އަހަރުތަކެއްވީފަހުން 1954 ވަނައަހަރު މެދެއްހާތާ 13 މީހުންގެ މައްޗަށް އެކުލެވޭ އިގިރޭސިންގެ ޓީމެއްގެ ބަޔަކު ގަމަށް އައެވެ. އެމީހުން ތިބީ މިހާރުހުރި މެދުވަތި ރެސްޓޯރެންޓް ހިންގާ ޢިމާރާތް ހުރި ހިސާބުގައެވެ. އެމީހުން ތިބުމުން ގަމުގެ މީހުންގެ ދިރިއުޅުމަށް އެއްވެސް ދަތިކަމެއް ނާދެއެވެ. އެމީހުންކުރި މަސައްކަތަކީ ކުރެހުމާއި އެކަމާއިގުޅޭ އެހެނިހެން މަސައްކަތެވެ. އެމީހުންގެ ކަންތަކާއި ޙަވާލުވެގެން ސަރުކާރުން ފޮނުއްވާފައިހުރީ މާލޭ މާފަނު ހުޅަގުގޭ އަލްފާޟިލް ފާރޫޤް އިސްމާޢީލެވެ. އޭނާ ހުންނެވީ މާރަގާގައެވެ. އެފަހަރު އިގިރޭސިންގެ 13 މީހުން ތިބީ 4 މަސްދުވަހަށެވެ. ދެވަނަ ބޮޑުހަގުރާމަައިގެ ދުވަސްވަރު ގަމުގައި އިގިރޭސިން ތިބިތިބުމުގައި އެމީހުންގެ ތެރެއިން މިދުނިޔެދޫކޮށްފައިވާ މީހުންގެ ހަނދާނުގައި ގަމުގައި ތަނެއް ހަދާފާއިވެއެވެ. އެތަނަކީ އޭރުގެ ރޯޔަލް އެއަރފޯސް ހެޑްކްއާޓާރަކަށްހުރި، މިހާރުގެ ގަމުގެ ކަންތައްތައް ބަލަހައްޓާ ޔުނިޓް ހިންގާ ޢިމާރާތުގެ ކުރިމަތިން ގާތްގަޑަކަށް 150 ފޫޓް ގައި ޙިމާޔާތްކުރެވިފައިވާ ކުޑަ ހަތަރެސްކަން ސަރަޙައްދެކެވެ. އެތަން ހަދާފައިވަނީ މާބްލްއިން ތައްޔާރުކޮށްފައިވާ ގާތްގަޑަކަށް 5 ފޫޓް އުސް ހިލަތަބުތަކެއްގެ މަތިން ވަށައިގެން ބެރިއެއް އަޅާ ދެތަނބުދޭތެރެއިން ވަދެ ނިކުމެވޭގޮތަށް ދޮރެއް ބަހައްޓއިގެންނެވެ. އެތަނުގައި ބަހައްޓާފައިވާ ބޮޑުދެގަލުގައި އެތަނާއި ބެހޭގޮތުން ލިޔެފައިވެއެވެ. ަމުން މީހުން ބަދަލުވުން 2 ދެވަނަ ފަހަރަށް ގަމުން މީހުން ބަދަލުކުރަންޖެހުނީ އެއިރު ހުންނެވި ބޮޑުވަޒީރު ސުމުއްވުލް އަމިރު އިބްރާހީމް ފާމުދޭރިކިލެގެފާނުގެ އަބިކަބަލުން އާލާސްކަންފުޅަކަށް ބޭސްފަރުވާ ކުރުމަށް ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅެއްގައި ސްރީލަންކާގައި ހުންނެވި އިގިރޭސި ހައިކޮމިޝަނަރ އައްޑު އަތޮޅު ގަމާއި ހިތަދޫގެ އެއްކޮޅުން 100 އޭކަރުގެ ބިން އިގިރޭސި ސަރުކާރަށް 100 އަހަރަށް ދެއްވައިފިކަމަށް ލިޔެ އެލިއުމުގައި ސޮއިކޮށްދެއްވުމަށް ބޮޑުވަޒީރަށް ހުށަހެޅުއްވުމުން އެލިއުމަށް ވަރަށް ބޮޑަށް އިޢުތިރާޟް ކުރެއްވުމާއި އެކުވެސް ސޮއިނުކުރައްވާ ނުވެގެން އޭގައި ސޮއިކުރެއްވުމުންނެވެ. ގަމަށް އިގިރޭސިން އައީ 1956 ސެޕްޓެމްބަރ 17 ގައެވެ. ގަމުގައި އެއިރު ހުރީ 214 ގެއެވެ. މީހުންގެ ޢަދަދަކީ 880 އެވެ. ގަމުގެ މީހުން ބަދަލުކުރީ މިހާރު ގަމުމީހުން ދިރިއުޅެމުންދާ ފޭދޫ ައށެވެ. އެއީ އެރަށުގައި އޭރު ދިރިއުޅެމުން ދިޔަ މީހުން މަރަދޫގެ އިތުމަތީކޮޅަށް ބަދަލުކޮށްފައެވެ. ގަމުން ފޭދުއަށް މީހުން ބަދަލުކުރީ އެރއށުގައި އިގިރޭސި ސަރުކާރުން ގެތަށް އަޅާދީފައެވެ. މިގެތއށްވަނީ ބޭނުންކުރާނެ މިންތަކަކަށް ބޭރުން ތައްޔާރުކޮށްފައިވާ ބިތްގަޑު ތަކަކުން ގޭގެ ބިތްހަދާ މޮޅު ދަގަދު ޓިނުން ފުރާޅު ހިޔާކޮށްފައެވެ. ގެތައް އަޅަން މަސައްކަތްކުރީ އިގިÀ | ||||||||||